ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ފަސްމީރު ވޯލްޑް ކަޕް ފިއެސްޓާ ގޭސް އެންޑް ވިން މުބާރާތުގެ ނަސީބުވެރިންނަށް އެކުންފުނިން އިނާމު ހަވާލުކޮށްފިއެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގެ ނަސީބުވެރިޔާއަށް 1،500ރ. ގެ ގިފްޓް ވައުޗަރެއް ދީފައިވާއިރު، ފައިނަލް މެޗުގެ ނަސީބުވެރިޔާއަށް ހަވާލުކޮށްފައިވަނީ 5،000ރ. ގެ ގިފްޓް ވައުޗަރެކެވެ.











