ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުންދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ގަމު ކޮޅަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.
އުމުރުން 75 އަހަރުގެ ޒަކަރިއްޔާގެ ހަޑިގަނޑު ލައްގާފައި އޮއްވައި ފެނުނީ ފެނުނީ ގަމު ގޮނޑުދޮށުންނެވެ. އެކަން ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ. ހަށިގަނޑު ފެނިފައި މިވަނީ ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ.
ޒަކަރިއްޔާ ހޯދުުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރުގެ ކަނޑުގެ ސަރަހައްދާއި، ގަމާއި ކައިރި ފަޅު ރަށްތައް ބަލާފައި ވެއެވެ. އޭނާ ހޯދުމަށް ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 30،39 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ސިފައިން ބަލާފައި ވެއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން އިއްޔެ ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން އޭނާ ދަތުރުކުރި ޑިންގީފެނިފައިވެއެވެ.
ޒަކަރިއްޔާ ގައްދޫން ފުރާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 09:30 އެހާކަށްހާއިރުއެވެ. އޭނާގެ ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ހަވީރު 17:05 ހާއިރުއެވެ.