ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ހަރުދަނާކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށްދިޔައީ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން  އިއްޔެ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެތެރެއިންނެވެ.

މި ޒިޔާރަތުގައި ދެ ގައުމު ގުޅިގެން މަސްވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، މަސްވެރިކަމުގެ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން ހަރުދަނާކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، މި ސަރަހައްދުގައި ޤާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި މަސައްކަތްތައް އިތުރުކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް މަސްވެރިކަާބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.