އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ ހުދު ސަމާލު ނެރެފިއެވެ.

އެއިދާރާއިން މެންދުރު 01:00 އިން މިރޭ 07:00 އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ، ނ އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. އެއަތޮޅުތަކަށް ނެރުނު ހުދު ސަމާލުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކުރިޔަށް އޮތް 24ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުރިހައި ސަރަހައްދަކަށްވެސްް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ. ވައިޖެހޭނޭކަމަށް ލަފާކޮށްފައިވަނީ، އުތުރާއި އިރުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.