ގއ.ކޮޑަ ފެހެލާ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ކަނޑައިގެން ދިޔަ މި ކަނދުފަތި ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު އަޅާފައިވަނީ، ކުރިންވެސް އެ ކަނދުފަތި އޮތް ސަރަހައްދުގައެވެ. އެގޮތުން ކަނދުފަތި އަޅާފައިވަނީ ކޮޑަ ފެހެލާ އިރުން 5 މޭލު ބޭރުގައެވެ. ކަނދުފަތީގެ ނަންބަރަކީ، P10V01-01 އެވެ.
ކޮޑަފެހެލާ ކަނދުފައްޗާއެކު 5ވަދު ކަނދުފަތި ގއ އަތޮޅުގައި އޮވެއެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.