ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު ގެ ގޭބިސީތަކަށް މާދަމައިން ފެށިގެންް މަސްދަޅު ކޭސް ދޫކުރާނެ ސަރަހައްދުތައް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމްޝަރީފު ޢުމަރު އިއުލާންކުރައްވައިފިއެވެ.
ހުސްވި ޖެނުއަރީ މަހުގެ 24ގައި މާލެ ސަރަޙައްދުގައި މަސް ކޭސް ބަހަން ފަށާފައިވާއިރު، ރޭގެ ނިޔަލަށް 54،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވެ. މާލެ ސަރަހައްދުގައި މަސް ކޭސް ބަހަން ފެށީ މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ދޫކުރިއެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް ބެހިއެވެ. އޭގެފަހުން ނިޔަލަށް މާލޭގެ މިފްކޯ މަރުކަޒުން އައީ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރަމުންނެވެ.












