ޅ. ކުރެންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކުރެންދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފި އެވެ.
ކުރެންދޫ ކައުންސިލުން ބުނީ، މި ތަމްރީން ޕްރޮގްރާމަކީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ”މަސްވެރިކަމާގުޅޭ ތަމްރީނު ޕްރޮގުރާމެއް ހިންގުން“ ހަރަކާތުގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން ބާއްވާ ޕްރޮގްރާމެއްކަމަށެވެ. މި ތަމްރީން ޕްރޮގްރާމް އެރަށުގައި ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 05–09 އަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޅ.ކުރެންދޫ ކައުސިލުން ހުޅުވާލާފައިވާއިރު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެސްއެމްއެސްއަކުން ނަން ނޯޓްކުރެވެއެވެ. ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ނަމާއި، އައި.ޑީ ކާޑު ނަންބަރު އަދި ބައިވެރިވާ ފަރާތުގެ ފޯނު ނަންބަރު ހިމެނޭގޮތައް ކައުންސިލުގެ ފޯނު ނަންބަރު، 9960463 އަށް އެސްއެމްއެސްއެއް ފޮނުވާލައިގެން ޕްރޮގްރާމަށް ނަން ނޯޓް ކުރެވޭނެއެވެ،












