ހއ. އިހަވަންދޫ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފި އެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އިހަވަންދޫގައި އޮޕަރޭޓް ކުރަމުން އަންނަ އައިސް ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ އެތަނުގެ އޮޕަރޭޝަން ހުއްޓިފައިވާތާ ދެހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.
މިފްކޯއިން ބުނީ އައިސް ޕްލާންޓަށް ކުރިމަތިވި މައްސަލަ ހައްލުކޮށް މިރޭ އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.
އައިސް ޕްލާންޓް އޮޕަރޭޝަން ހުއްޓިފައި ހުރި ދުވަސްތަކުގައި، އައިހަށް ޖެހި އިހަވަންދޫގެ ގިނަ މަސް އޮޑިފަހަރުތައް މަހަށް ނުފުރައެވެ. އަދި އެކަމާ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ. މިއަދު އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމާއެކު އެކަމަށް ހައްލެއް ލިބި މާދަން ގިނަ އޮޑިފަހަރުތައް މަހަށް ފުރާނެކަމަށް ބެލެވެއެވެ.