ފިޠުރު އީދުގެ މުނާސަބާ ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބާއްވަންރޭވި ”މަސް ރޭސް2026“ ފަސްކޮށްފިއެވެ.
އީދު ދުވަހު ބާއްވަން ރޭވި މި މަސްރޭހަކީ އެރަށު މަދަނީ ޖަމްއިއްޔާއެއްކަމަށްވާ ފަރެސްމާތޮޑާ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ ރޭހެކެވެ.

ފަރެސްމާތޮޑާ ޔޫތު ސްޕޯޓްސް ކްލަބުން މަސްރޭސް ފަސްކުރަން ނިންމީ އެކްލަބްގެ މެމްބަރުންނާއި މުބާރާތުގައި ބައިވެރިވި ޓީމް ތަކާއި އެކު އިއްޔެ ކުރިޔަށްދިޔަ ބައްދަލުވުމެއްގައެވެ. އެކްލަބުން ބުނީ ދުނިޔޭގެ މަސްރަހު ހަމަޔަކަށް އެޅުނުހާ އަވަހަކަށް މަސްރޭސް ބާއްވާނެ ތާރީޚެއް އަލުން އިއުލާނު ކުރާނެކަމަށެވެ.
މަސްރޭހުގެ 1 ވަނައަށް ދާ ޓީމަކަށް 5000ރުފިޔާ އަދި އެންމެ ބޮޑު މަސްބާނާ ފަރާތަކަށް 500ރުފިޔާގެ އިނާމެއްދޭގޮތަށް ކުރިން އިއުލާންކޮށްފައިވީނަމަވެސް، ރޭސް ބާއްވާނެ ތާރީޙް ފަހުން އިއުލާންކުރާއިރު ވަނަތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށްވެސް އެކްލަބުން ބުނެފައިވެއެވެ.
މުޖުތަމައު